
ފަސްމީރުގެ ތަފާތު ރަހަތައް ހިމެނޭ ހާއްސަ ހަދިޔާ ޕެކެއް ތައާރަފްކޮށްފި
# މިފްކޯ# ފަސްމީރުގެ ހަދިޔާ ޕެކްމިފްކޯއިން ތައާރަފްކޮށްފައިވާ ފަސްމީރުގެ ތަފާތު ރަހަތައް ހިމެނޭ ހާއްސަ ހަދިޔާ ޕެކެއް- ފޮޓޯ: މިފްކޯ
ފަސްމީރުގެ ތަފާތު ރަހަތައް ހިމެނޭ ހާއްސަ ހަދިޔާ ޕެކެއް ތައާރަފްކޮށްފި އެވެ.

މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަގުބޫލު "ފަސްމީރު" ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ހާއްސަ ހަދިޔާ ޕެކެކެވެ.
މިފްކޯއިން ބުނީ މި ޕްކޭޖަކީ އާއިލާ އާއި ރަހުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. އަދި މި ޕެކޭޖްގައި ޖުމްލަ 12 މަސްދަޅު ހިމެނޭއިރު، ފަސްމީރު ބްރޭންޑުގެ 4 ރަހައެއް ހިމެނެ އެވެ.
ހަދިޔާ ޕެކްގައި ހިމެނޭ ބްރޭންޑުގެ ރަހަތައް:
ކަނޑުމަސް ގިތެޔޮ މިރުހާއެކުކަނޑުމަސް ލުނބޮޔާއި މިރުހާއެކުކަނޑުމަސް އަސޭމިރުހާއެކުކަނޑުމަސް ހިކި މިރުހާއެކު
ކޮންމެ ވައްތަރަކުން 3 ދަޅު ހިމެނޭ މި ޕެކޭޖަކީ އަގުގެ ގޮތުން ބަލާއިރު ކަސްޓަމަރުންނަށް ބޮޑު ލުޔެއްކަން ފާހަގަކޮށް މިފްކޯއިން ބުނީ ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، މި ހަދިޔާ ޕެކް މިހާރު 221ރ. އަށް ލިބެން ހުންނާނެ ކަމަށެވެ.
މީގެއިތުރުން މިފްކޯއިން ބުނީ މި ހަދިޔާ ޕެކް ތައްޔާރުކޮށްފައި ދޭއިރު، މިޕެކޭޖުގެ ފަރުމާގައި ހަދިޔާ ލިބޭ ފަރާތުގެ ނަންވެސް ޖަހައިލެވޭނެ ކަމަށެވެ. އަދި މިއީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެހެން ތައްޔާރުކޮށްފައިވާ ޕެކެއްކަމަށްވެސް މިފްކޯއިން ފާހަގަކުރި އެވެ.
މިފްކޯގެ އާ އުފެއްދުމާއެކު، ފަސްމީރުގެ ތަފާތު މީރު ރަހަތައް އެއް ޕެކޭޖަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން މިހާރު ކަސްޓަމަރުންނަށް ފަހިވެފަ އެވެ.
މިއީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އާ އީޖާދުތަކާއެކު ފެންވަރު މަތީ އުފެއްދުންތައް ފޯރުކޮށްދިނުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި މީގެ ބޭނުމަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިތުބާރު ދެމެހެއްޓުންކަމަށް މިފްކޯއިން ފާހަގަކުރި އެވެ.





