
ދުންފަތުގެ އިސްތިއުމާލުކުރާ ފިރިންގެ ސަބަބުން އަނބިންނަށް ކެންސަރު ޖެހޭ - ޑރ. މުޙައްމަދު އަލީ
# ޑރ. މުޙައްމަދު އަލީ# ދުންފަތުގެ އިސްތިއުމާލުކުރުންScreenshot 2022-06-16 at 19.47.49
ދުންފަތުގެ އިސްތިއުމާލުކުރާ ފިރިންގެ ސަބަބުން އެމީހުންގެ އަނބިންނަށްވެސް ކެންސަރު ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ވީޓީވީ އިން ގެނެސްދިން 'ބޮޑު ފެންޑާ' ޕްރޮގްރާމްގަ ވާހަކަދައްކަވަމުން ޑރ. މުޙައްމަދު އަލީ ވިދާޅުވީ ދިވެހިންގެ ތެރޭގައި ގިނަ ބަލި މީހުންނަކީ ސިގަރެޓް ބޯ މީހެއްގެ އަންބެއް ނުވަތަ ފިރިއެއް ކަމަށެވެ. އޭގެ ތެރޭގައި ކެންސަރު ބަލީގެ މީހުންވެސް ގިނަ ކަމަށް ޑރ. ވިދާޅުވިއެވެ.
ފިރިކަލުންގެ ސަބަބުން މިޖެހެނީ ކެންސަރ އަނބިކަނބަލުންނަށް. ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ކެންސަރކަން ކިޔައިދެވޭ ވަރަށް އޭގެ މައުލޫމާތު ލިބިފަ އެބަހުރި. ސިގަރެޓް ނުބޯ މީހާގެ ހައްގުވެސް މިއޮންނަނީ ނިގުޅައިގަނެވިފަ. ވަރަށްބޮޑު ހައްގެއް އެއީ. އެމީހާގެ ކުށެއްނެތި މިބަލި މިޖެހެނީ --- ޑރ. މުޙައްމަދު އަލީ
ޑރ. ވިދާޅުވީ ސިނގިރެޓް ބޯ މީހުންގެ ދަރިންނަށްވެސް ނޭވާ ހިއްލުމުގެ ބައްޔާއި، ފުއްޕާމޭ ހަލާކުވުމުގެ މައްސަލަ ދިމާވާކަމަށާއި، އެހެން ވަނީ ސިނގިރޭޓްގެ ދުމުގެ ސަބަބުން ކަމަށެވެ.
ދުންފަތުން އިސްތިއުމާލު ކުރުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ކެންސަރުގެ އިތުރަށް އަނގައިގެ އެތެރެއިން ފެށިގެން ގޮސް ފުއްޕާމެއާ ހަމައަށް ކެންސަރު ޖެހޭ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ގޮހޮރުގެ ކެންސަރާއި ކާހޮޅީގެ ކެންސަރުގެ އިތުރުން އުރަމަތީގެ ކެންސަރ ވެސް ޖެހެއެވެ. ދުންފަތުން އިސްތިއުމާލު ކުރުމުގެ ސަބަބުން އަނގައިގެ ވަސް ނުބައިވެ ހިރުގަނޑުވެސް ހަލާކުވާ ކަމަށް ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.
ބައެއް މީހުން ބުނާނެ އޭނަ ގޭގަ ސިގަރެޓް ނުބޮއޭ. ގެއިން ބޭރުގައޭ ބޮނީ. އަތުގަ ހުރޭ ގަމީހުގަ ހުރޭ އޭގެ މާއްދާތައް ހަރުލާފަ ގެއަށް އައިސް ކުއްޖާ އުރާލާއިރު. އެހެންވެ ކުއްޖާގެ ނޭވާލާނިޒާމަށް އޭގެ އަސަރު ކުރަނީ. ސިގަރެޓްގައި ހުންނަ މާއްދާއެއްގެ ސަބަބުން ރިޕެއަރ ނުކުރެވެނީ. ކޮންމެ މީހެއްގެ އަނގައިގެ ތެރޭގަ ފުއްޕާމޭގަ ކޮންމެ މިނިޓަކުން ހަލާކުވާ ސެލްތައް ރަނގަޅުކުރާނެ. ދުމުގެ ސަބަބުން ރިޕެއަރކުރަންޖެހޭ ސެލްތައް ރަނގަޅަށް ރިޕެއަރ ނުވެ ގޯސްގޮތަކަށް ސެލްތައް އުފެދިގެން ކެންސަރ މިޖެހެނީ --- ޑރ. މުޙައްމަދު އަލީ
ދުންފަތުން އިސްތިއުމާލުކުރުމުގެ އިތުރަށް ވޭޕްކުރުމަކީ ވެސް ހަށިގަނޑަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށާއި، އަދި އަނބިދަރިންނަށް ވެސް ދެވޭ ވަރަށް ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާ މިކަމުން ރައްކާތެރިވުމަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ގުޅުންހުރި

"ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ރައްކާތެރިކުރުމުގެ އަޒުމް އާ ކުރަންޖެހޭ"

ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކޮށްފި

ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރޭ!




