
ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކޮށްފި
# ދުންފަތުގެ އިސްތިއުމާލުކުރުންފޮޓޯ: ސަން
ދުންފަތުގެ ބާވަތެއް އުފެއްދުމަށް ބޭނުން ކުރާ ތަކެތި ރާއްޖެ އެތެރެކުރަން މަނާކޮށް އެކަން ހެލްތު މިނިސްޓްރީން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަންގައިފި އެވެ.

މިކަން ހާވަފެފައިވަނީ 24 ޑިސެމްބަރުގައި ހެލްތު މިނިސްޓްރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ފޮނުވި ސިޓީއެއް މިއަދު މީސް މީޑިއާގައި ދައުރުވާން ފެށުމާއި އެކުގައި އެވެ. އެސިޓީއަކީ ސައްހަ ސިޓީއެއްކަން ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ގާފު ނޫހަށް ކަށަވަރުކޮށްދެއްވާފައި އެވެ.
އެސިޓީގައި ބުނެފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމެއް ކަމަށް ކަމަށާއި އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވާ ގޮތުން ދުންފަތާއި ދުންފަތުގެ ތަނޑިއާއި, ނިކޮޓިން އާއި ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗާއި, އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗިއްސަކީ ދުންފަތުގެ ބާވަތް ކަމަށެވެ.
އަދި އެއިން އެއްޗެއް ހިފައިގެން ނުވަތަ ބޮއެގެން ނުވަތަ ވަސްދަމައިގެން, ނުވަތަ ހަށިގަނޑުގައި ތަަތްކޮށްގެން ނުވަތަ ޖައއްސައިގެން އުނގުޅައިގެން ވިޔަސް އޭގެ މާއްދާއެއް ހަށިގަނޑަށް ވާސިލްވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މިއާއިއެކު ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައި ވާތީ, ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ އެތަކެތި ހިފަހައްޓައި ނައްތައިލުމަށް ހެލްތު މިނިސްޓްރީން ވަނީ ކަސްޓަމްސްއަށް އަންގާފައި އެވެ.
ރާއްޖޭގެ ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހުގެނެސް ދުންފަތުން ނަގަމުން ދިޔަ ޓެކްސް ބޮޑުކޮށްފަ އެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ކުރިން 100ރ އަށް ލިބުނު ސިނގިރޭޓު ފޮށްޓެއް މިހާރު ގަންނަން ލިބެނީ 240ރ އަށެވެ. އަދި ރާއްޖޭގައި ވޭޕް މަނާކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ވޭޕް ކުރުމާއ, އެތެރެކުރުމާއި ވިއްކުންވެސް މަނާކޮށްފައެވެ.
ގުޅުންހުރި

"ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ރައްކާތެރިކުރުމުގެ އަޒުމް އާ ކުރަންޖެހޭ"

ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކޮށްފި

ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރޭ!




