
"ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ރައްކާތެރިކުރުމުގެ އަޒުމް އާ ކުރަންޖެހޭ"
# މެޑަމް ސާޖިދާ މުޙައްމަދު# ދުންފަތުގެ އިސްތިއުމާލުކުރުން-
ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ރައްކާތެރިކުރުމުގެ އަޒުމް އާ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ޕޯސްޓުގައި މެޑަމް ސާޖިދާ ވިދާޅުވީ ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށްވެސް އޮތްކަމަށެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތައް މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު ހޭލުންތެރިކުރުވުމާއި، ތައުލީމާއި އެންމެން ގުޅިގެން ދުންފަތާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ޕޯސްޓުގައިވަނީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ މުހިއްމު ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އަދި އެކުގައި ކުރެވޭ މަސައްކަތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަށްވަނީ ގޮވާލައްވާފައެވެ.ދުންފަތާދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 31 ވަނަ ދުވަހެވެ.
ގުޅުންހުރި

ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުން މުހިންމު: މެޑަމް ސާޖިދާ

ތަޢުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމުން ނަފުސަށް އޮންނަ އިތުބާރު ބޮޑުވާނެ: މެޑަމް ސާޖިދާ




