
ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރޭ!
# ދުންފަތުގެ އިސްތިއުމާލުކުރުންbig_EFbx1PwkxJ3xSftTjiXhLiiqe
ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ. އެއީ 35.6 ޕަސެންޓް ފިރިހެނުންނާއި އަންހެނުންގެ 7.6 ޕަސެންޓް މީހުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ އުމުރުފުރާތައް:
15- 29 އަހަރު - %20.1
30-44 އަހަރު - %29
45-65 އަަހަރު - %23.4
އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންގެ ތެރެއިން 45.7 ޕަސެންޓް ކުދިން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން 17 ޕަސެންޓް ކުދިން ބޭނުންކުރަނީ އިލެކްޓްރޯނިކް ސިގިރެޓް ނުވަތަ ވޭޕް އެވެ. ޝީޝާ ނުވަތަ ގުޑުގުޑާ 3.1 ޕަސެންޓް ކުދިން ބޭނުންކުރެއެވެ.
2022ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 393,652,853 ރުފިޔާގެ ދުންފަތުގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އޭގެތެރެއިން 328،784،999 ރުފިޔާގެ ދުންފަތުގެ ބާވަތްތަކަކީ ބިޑި/ސިގާ/ ސިގިރޭޓެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިލެކްޓްރޯނިކް ސިގިރޭޓްގެ ބާވަތްތަކެވެ. އެގޮތުން މި މުއްދަތުގައި 54.2 މިލިއަން ރުފިޔާގެ އިލެކްޓްރޯނިކް ސިގިރޭޓްގެ ބާވަތްތައް ރާއްޖެ އެތެރެކޮށްފައިވެއެވެ.
ގުޅުންހުރި

"ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ރައްކާތެރިކުރުމުގެ އަޒުމް އާ ކުރަންޖެހޭ"

ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކޮށްފި

ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރޭ!




