
ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އައިޖީއެމްއެޗްގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
# ކޮވިޑް19# އެޗްޕީއޭ# އައިޖީއެމްއެޗްigmh
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާވަރު އިތުރުވެމުންދާތީ އައިޖީއެމްއެޗްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާތީ، އައިޖީއެމް.އެޗް ގައި އަމަލުކުރެވެމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ ބަލިމީހުން، އެހީތެރިން އަދި އެހެނިހެން ފަރާތްތައް މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި ކޮވިޑް ފެތުރުނަ ނުދީ ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އެދިފައި ވެއެވެ.
އެޗްޕީއޭ އިއްޔެ ވަނީ، ވޭތުވެދިޔަ މަސްތަކުގައި ކޮވިޑްގެ ވޭދަނަތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެެއްކާވެސް ގިނަވަމުންދާކަން ތަފާސްހިސާބުތަކުން ދައްްކާ ކަމަށް ބުނެފައި ވެއެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 މީހުން ފައްސިވިއިރު، މިއީ އޭގެ ކުރީ ހަފްތާއާ އަޅާކިޔާއިރު، 69%ގެ އިތުރުުވުމެއް ކަމަށް ބުނެފައި ވެއެވެ.
މިއާއެކު ފައްސިވާ ސުންކުތަކުގެ އަދަދުތަކާއި، ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މުޅި ރާއްޖެއިން ކޮވިޑަށް ފައްސިވި އަދަދަކީ 179،979 އެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުންދާކަން އިއުލާނުކޮށްފައިވާއިރު، ދުނިޔޭގެ ބައެއް ގައުމުތަކުގައިވެސް މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

އަހަރުގެ މިހާތަނަށް 352 ޑެންގޫ ކޭސް: އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން ރ އަދި އއ އަތޮޅުން!
.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ވައިރަހެއް ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިތުރުވަނީ
