.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް
# އައިޖީއެމްއެޗް-
ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ކުޑަކުދިންނަށް ޚާއްސަ އައިސީޔޫ، އެންއައިސީޔޫގައި ހާލު ސީރިއަސްވެ ފަރުވާ ދެމުންދާ ކުދިންތަކެއްގެ ގައިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސްގެ ކޭސްތަކެއް ފެނިއްޖެ އެވެ.

މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް އަކީ ބެކްޓީރިއާތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓިބައިޓިކް ފަދަ ބޭސްތަކަށް ފަސޭހައިން ނުގުނޑާ ބެކްޓީރިއާތަކެކެވެ. މިފަދަ ބެކްޓީރިއާތައް އާންމުކޮށް ފެންނަ ތަންތަނުގެ ގޮތުގައި ހޮސްޕިޓަލްތައް ފަދަ ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނެއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ)ގެ ކޭސްތަކެއް އެހޮސްޕިޓަލުގެ އެންއައިސީޔޫގައި ހާލު ސީރިއަސްވެ ފަރުވާ ދެމުންދާ ކުދީންތަކެއްގެ ގައިން ފެނިފައިވާ ކަމަށެވެ.
އެހޮސްޕިޓަލުން އިތުރަށް ބުނީ އެކަން ދެނެގަނެވުމާއި އެކު އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ވަގުތުން އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގޮސްފައިވާ ކަމަށާއި އަދި އިތުރު ޓްރާންސްމިޝަނެއް ފެނިފައި ނުވާތީ، އިތުރަށް މި ބެކްޓީރި ނުފެތުރި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ފަހުން ހާމަކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެންއައިސީޔޫގެ ތެރެއިން އެމްޑީއާރްރޯގެ ކޭސްތަކެއް: މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އައިޖީއެމްއެޗް

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އައިޖީއެމްއެޗްގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް ބަލަނީ
