logoEN
Sto top
އަހަރުގެ މިހާތަނަށް 352 ޑެންގޫ ކޭސް: އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން ރ އަދި އއ އަތޮޅުން!

އަހަރުގެ މިހާތަނަށް 352 ޑެންގޫ ކޭސް: އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން ރ އަދި އއ އަތޮޅުން!

އަހުމަދު ޝުރާއު

logo

5/6/2025, 8:50:16 AM

# އެޗްޕީއޭ

--

2025 ވަނަ އަހަރުގެ ވޭތުވެ ދިޔަ މަސްތަކާއި އަޅާ ބަލާއިރު އޭޕްރީލް މަސް ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު ވަނީ އިތުރު ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Wamco

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން 352 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި އަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައަދުގެ އިތުރުން ރ އަދި އއ އަތޮޅުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.

އެހެން ކަމުން ޑެންގީން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރި ހެފުމުން ރައްކާތެރިވުން:

  1. މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން.
  2. މަދިރި ލޯޝަން/ ސްޕްރޭ ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ތަކެތި ބޭނުންކުރުން މުހިންމު.
  3. ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން.
  4. ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.
  5. މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
  6. އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި, އެންމެ ރަގަޅީ ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން.

ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside