
ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!
# އެމްޕޮކްސް# ހެލްތު މިނިސްޓްރީ# އެޗްޕީއޭ--
ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ބުނެ ފަތުރަމުންްދަނީ ދޮގު ހަބަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.

ހުޅުމާލެއިން އެމްޕޮކްސްގެ ދެ ކޭސް ފެނިފައިވާ ކަމަށްބުނެ މިއަދު ސޯޝަލް މީޑިއާގައި ދަނީ ހަބަރުތަކެއް ފެތުރެމުންނެވެ. މިކަމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ބުނީ ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ބުނެ ފަތުރަމުންދަނި ދޮގު ހަބަރުތަކެއް ކަމަށެވެ. އަދި މިއަދާއި ހަމައަށްވެސް ރާއްޖެއިން އެމްޕޮކްސްގެ އެއްވެސް ކޭސްެއެއް ފެނިފައިވާ ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހެލްތު މިނިސްޓަރު ޑރ އަބްދުالله ހަލީލްވެސް ވަނީ އެ ހަބަރު ދޮގުކުރައްވާފައި އެވެ. އެގޮތުން " ދިޔަވަރު " ނަމަކަށް ކިޔާ ނޫހަކުން ހުޅުމާލެއިން އެމްޕޮކްސްގެ ދެ ކޭސް ފެނިފައިވާ ކަމަށް ބުނެ ޝާއިރުކޮށްފައިވާ ހަބަރުގެ ސްކްރީން ޝޮޓަކާއި އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ އެނޫހުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރަމުންދަނީ ދޮގު ބުހުތާނު ކަމަށެވެ. އަދި އެމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްްވާނެ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
އެމްޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގައެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މިބަލި ފުރަތަ ފެނިފައިވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ. މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާއި އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.
ސަރުކާރުން އިއްޔެ ވަނީ މި ބަލި ރާއްޖޭގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި އެވެ. އެގޮތުން ޑަބްލިޔު އެޗްއޯ އިން އިއްޔެ ވަނީ އެމްޕޮކްސް އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތައް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ގުޅުންހުރި

މެންޓަލް ހެލްތު ހެލްޕައިނަށް އެއް އަހަރުތެރޭ 3651 ކޯލް!
-1735191121717.webp&w=3840&q=75)
ބޭހުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން: މިނިސްޓަރ

ވޭޕް އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށްދީ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާއިދު އާންމުކޮށްފި
