
މެދުކެނޑުމަށްފަހު، ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ދޭން ފަށައިފި
# އެޗްޕީއޭ# ވެކްސިން# އައިޖީއެމްއެޗް# ވިލިމާލެ ހޮސްޕިޓަލްCovid Vaccine
ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތު ކުދިންނަށް ވެކްސިން ދޭން މިއަދު ފަށައިފިއެވެ.

އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ތުއްތުކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާ ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، އެކަމުގެ ސަބަބުން އެހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ހޮސްޕިޓަލުގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.
އެމައްސަލަ ތަހުޤީޤުކޮށް މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މީގެ އިތުރުން އެކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ އިރުޝާދާ އެއްގޮތަށް، އެހޮސްޕިޓަލުގެ ބެލުމުގެ ދަށުން މިއަދުން ފެށިގެން އަލުން ވެކްސިން ދޭން ފަށާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިން މައްސަލައިގައި ފިޔަވަޅު އެޅި ކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް އަޅާފައިވާ ފިޔަވަޅެއް ހޮސްޕިޓަލުން ހާމަ ކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

ހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭގެ އިލްތިމާސް!

ނުރައްކާތެރި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ

ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ލިބޭނެ ގޮތް ހެދުމަށް އައިޖީއެމްއެޗުން އައިނު ވިޔަފާރިއަށް ވަންނަނީ
