
ޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓA
ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) ގެ ހުރިހާ ހިދުމަތެއް ހުޅުމާލެ އަށް ބަދަލުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ އެ އިދާރާގެ ހުރިހާ ހިދުމަތެއް މާދަމާ އިން ފެށިގެން ލިބޭނީ ހުޅުމާލެ 1 ގައި ވެމްކޯ ހުޅުމާލެ އޮފީހާ ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ކަަމަށެވެ.
މެންހަޓަން ބްރޭންޑް ހޮޓަލުގެ ފްލޯތައް އިތުރު އޮފީސްތަކަށް ދިނުމަަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ ހޮޓަލުގެ ގްރައުންޑް ފްލޯ މީޑިއާ ވިލެޖުގެ ގޮތުގައި ހާއްސަ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އެޗްޑީސީން މީގެކުރިން ބުނެފައިވަނީ އަމާޒަކީ ފަސް ތަރީގެ "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ، މީޑިއާ ވިލެޖްގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމުމެވެ. އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސިޓީ ހޮޓާ ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން ހަވާލުކުރީ މިދިޔަ އަހަރުގަ އެވެ. އެއީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އެވެ.
އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖުގެ އިތުރުން ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހިންގާނެ ކަމަށާއި އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ ހަތަރު މަސްދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދާނެ އެވެ.
"މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް އިން ހިންގާނެ އެ ހޮޓަލަކީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ ވެސް އެކު އޮޕަރޭޓް ކުރާނެ ތަނެކެވެ. އެ މަޝްރޫއަށް އިންވެސްޓުކޮށްފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.





