logoEN
cocacola
އެއިރޯފްލޮޓްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އެއިރޯފްލޮޓްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އަލްފާ އަލީ

logo

6/7/2022, 12:58:57 PM

# އެއިރޯފްލޮޓް# ރަޝިއާ

big_DP8AtbibZXwIfWxE9zsDN5M9E

ރަޝިއާގެ ގައުމީ އެއާލައިން ކަމުގައިވާ "އެއިރޯފްލޮޓް" އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ގޮސިޔާ

އެއިރޯފްލޮޓް އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރަމުން އައި މި އެއާލައިންގެ ދަތުރުތައް މީގެ ކުރިން މެދުކަނޑާލެވުނު ނަމަވެސް އެދަތުރުތައް އަލުން ފަށާފައިވަނީ މެއި މަހުގަ އެވެ.

އެއިރޯފްލޮޓްއިން ރާއްޖެއަށް ހަފްތާއަކު 4 ދަތުރު މިހާރު ކުރަމުން އައި ނަމަވެސް، މިމަހުގެ 10ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ހަފްތާއަކު 6 ދަތުރު ރާއްޖެއަށް ކުރާނެއެވެ. ދަތުރުތައް އިތުރުކުރުމާއިއެކު ހަފްތާގެ އަންގާރަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ރަޝިއާއިން ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއިރޯފްލޮޓް އިން ދަތުރުތައް އިތުރުކުރަން ނިންމާފައިވަނީ ރާއްޖެއަށް އޮންނަ ޑިމާންޑްގެ ބޮޑުކަމުންނެވެ. އެއިރޯފްލޮޓްގެ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ. ނަމަވެސް ހަނގުރާމައާއެކު ދަތުރުތައް މެދުކަނޑާލުމާގުޅިގެން މިހާރު ރަޝިއާ ވަނީ 3ވަނައަށް ވެއްޓިފައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ