logoEN
cocacola
މިދިޔަ އަހަރަށްވުރެ މިއަހަރު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ

މިދިޔަ އަހަރަށްވުރެ މިއަހަރު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ

އަލްފާ އަލީ

logo

6/6/2022, 3:17:59 PM

# ހެލްތް މިނިސްޓްރީ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

މިދިޔަ އަހަރަށްވުރެ މިއަހަރުގެ ތެރޭގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ގޮސިޔާ

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 185 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. އަދި މިދިޔަ އަހަރާ އަޅާބަލާ އިރު، މި އަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު 1،575 މީހަކު ބޭރަށް ހިންގާ ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކާފައި ވެއެވެ. މި އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު އެ ބަލީގެ އަދަދުތައް މިދިޔަ މަހު ވަނީ ދަށްވެފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ރޯގާގެ ރިޕޯޓްތައް ވެސް ވަނީ ގިނަވެފައެވެ. އެގޮތުން މިދިޔަ މަހު އަރިދަފުސް ރޯގާގެ 13،361 ކޭސްއެއް ވަނީ ރިޕޯޓްކޮށްފައެވެ.

އިންފްލުއެންޒާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޭޕްރީލް މަހު އެ ބައްޔަށް އެއްވެސް މީހަކު ފައްސިވެފައެއް ނުވެއެވެ. ނަމަވެސް މިދިޔަ މަހު ހަތަރު މީހަކު އިންފްލުއެންޒާއަށް ފައްސިވެފައި ވެއެވެ. މިއަހަރު މިހާތަނަށް 525 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނީ ވައިރަލް ހުން، ފާނު ބަސަންދު އަދި ލޮލުރޯގާ ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުނުވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ