
ރާއްޖެއަށް 250 މަންކީޕޮކްސް ޓެސްޓު ކިޓު ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފި
# ހެލްތް މިނިސްޓްރީ# ޑަބްލިއުއެޗްއޯ# މަކުނު ވިދުރިFY-2fhMUIAAF3Za
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް 250 މަންކީޕޮކްސް ޓެސްޓު ކިޓު ހަދިޔާކޮށްފިއެވެ.

ޓެސްޓު ކިޓު ހަވާލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބެވެ.
މި ކިޓުތައް ބޭނުން ކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ހޮސްޕިޓަލްތަކުގައި އެވެ. އެކަމަކު އެ ހޮސްޕިޓަލްތަކުގެ ނަންތައް ހެލްތު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިނިސްޓްރީން ބުނީ ބޮޑެތި ހުރިހާ ހޮސްޕިޓަލްތަކެއްގެ ލެބޯޓްރީ ޓެކްނީޝަނުންނަށް މަންކީޕޮކްސްއަށް މީހުން ޓެސްޓު ކުރުމާއި މި ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދިނުމަށް މާދަމާ ބައްދަލުވުންތަކެއް އޮންލައިންކޮށް ފަށާނެ ކަމަށާއި މި ތަމްރީންތައް ނިމުމާއި އެކު ޓެސްޓު ކުރުން ފެށޭނެ ކަމަށް މައުލޫމާތުދެ އެވެ.
މަންކީޕޮކްސް އާއި ދެކޮޅަށް ކުރާ މަސައްކަތް އިތުރަށޤ ފުޅާ ކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން ދަނީ ޑަބްލިއުއެޗްއޯ އާއި ގުޅިގެން ގާތުން މަސައްކަތް ކުރަމުންނެވެ. އެ މިނިސްޓްރީން ބުނީ ބަލި ޖެހިފައިވާ މީހަކު އަދި ނުފެނުނު ނަމަވެސް ރާއްޖެއިންވެސް މަންކީޕޮކްސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މަންކީޕޮކްސް އާންމުކޮށް ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ކަމަށް ބުނެފައެވެ.