logoEN
cocacola
ވެރިކަމާއި ހަވާލުވިއިރު ސިއްހީ ވުޒާރާގެ ދަރަނި ހުރީ 300 މިލިއަން ރުފިޔާއަށްވުރެ މަތީގައި - ހަލީލް

ވެރިކަމާއި ހަވާލުވިއިރު ސިއްހީ ވުޒާރާގެ ދަރަނި ހުރީ 300 މިލިއަން ރުފިޔާއަށްވުރެ މަތީގައި - ހަލީލް

އަހުމަދު ޝުރާއު

logo

2/18/2024, 4:51:02 PM

# މިނިސްޓަރ ހަލީލް# ހެލްތް މިނިސްޓްރީ

މިނިސްޓަރ ހަލީލް

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި އިރު ސިއްހީ ވުޒާރާގައި އެކަނިވެސް 300 މިލިއަން ރުފިޔާގެ ދަރިނި ހުރި ކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ ޢަބްދުالله ޚަލީލް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިނިސްޓަރ ހަލީލް މިކަން ހާމަކުރެއްވީ ރައީސް މުއިއްޒު އައްޑޫއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިހާރު ކުރިޔަށްދާ އައްޑޫ ސިޓީ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރިޔަށްދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ބައްދަލުވުމުގައި ހަލީލް ވަނީ ކުރީ ސަރުކާރުގެ އިސްވެރިން މިހާރު އިދިކޮޅުގައި ތިެ ރައްޔިތުންނަށް އެކި ކަންކަން އޮޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން އެކި ނޫސްތަށް މެދުވެރިކޮަށް ދޮގު ހަބަރު ފަތުރައިގެން ރާއްޖޭގެ އިގްތިސޯދި ހަލާކުކޮށްލަން އިދިކޮޅުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވަނީ ކުރީ ސަރުކާރު ހިންގެވި ބޭފުޅުން މިހާރު އިދިކޮޅުގައި ތިއްބަވައި ދައްކަވަމުން އަންނަ ވާހަކަތަކަށް ބޮޑެތި ރައްދުތަކެއް ދެއްވާފައިއެވެ. އެގޮތުން ގައުމު ދަރަނިވެރި ވެއްޖެ ކަމަށްބުނެ އިދިކޮޅުން ދައްކަވަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ހަލީލް ވިދާޅުވީ ކުރީ ސަރުކާރުން ދިޔައީ ރައްޔިތުންގެ ބޮލުގައި ސިއްހީ ވުޒާރާގެ ތެރެއިން އެކަނިވެސް 300 މިލިއަން ރުފިޔާގެ ދަރަނި އަޅުވާފައި ކަމަށެވެެ. އަދި މިއީ އާސަންދަ އާއި އެންސްޕާގެ ދަރަނިތައް ނުލައި ހަމައެކަނި ސިއްހީ ވުޒާރާއާއި ސީދާ ގުޅުން އޮތް ދަރަނިތައް ކަންވެސް ހަލީލް ފާހަގަކުރެއްވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ޕްރޮޖެކްޓުތައް ހަވާލުކުރީ ޕާޓީ ކުދިންނާއި ކަމަށެވެ. މިގޮތަށް ޕްރޮޖެކްޓުތައް ހަވާލުކުރި އިރު ބޭރުގެ ފަންޑުތަކުގެ އެހީގައި ހިންގާ ޕްރޮޖެކްޓުތައްވެސް ހިންގާފައިވާކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ މި ޕްރޮޖެކްޓުތަކުގެ ތަފްސީލްތައް ސަރުކާރުން ފަންޑުތަކާއި ހިއްސާކޮށްފައި ނުވުމުން ފަންޑު ވިތްޑްރޯވެސް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ

މިއީ ރާއްޖޭގެ ތާރީހުގައި މިފަހުން ސިއްހީ ވުޒާރާ ނުވެއްޓޭ ހާލަތެއް ކަމަށާއި ބޭރުގެ ފަންޑުތަކުން ފަންޑު ވިތްޑްރޯ ކުރުމަކީ ރާއްޖޭގެ ތާރީހުގައި މިފަހުން ވެފައި ހުރި ކަމެއް ނޫންކަންވެސް ހަލީލް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާޅުވެވަޑައިގެންނެވި އިރު ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ