logoEN
Sto top
ދާންދޫ ބެޑްމިންޓަން ކޯޓުގެ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދަނީ

ދާންދޫ ބެޑްމިންޓަން ކޯޓުގެ މަސައްކަތް ނިންމައިދޭނެ ފަރާތެއް ހޯދަނީ

އަލްފާ އަލީ

logo

6/2/2022, 3:11:49 PM

# ބެޑްމިންޓަން ކޯޓު# ގއ. ދާންދޫ ކައުންސިލް

1D9A84F1-A561-4773-970F-A0B07025D4E9

ގއ. ދާންދޫގައި ގާއިމްކުރުމަށް ފަށާފައިވާ ބެޑްމިންޓަން ކޯޓުގައި ބާކީ ހުރި އެންމެހާ މަސައްކަތްތަކެއް ނިންމައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

Wamco

ދާންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ މަސައްކަތާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ 13:00 ގައި އެ ކައުންސިލްގެ އިދާރާގައެވެ. އަދި ބިޑް ހުށައެޅުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 13:00 ގައި އެ ކައުންސިލް އިދާރާގައި ކަމަށްވެސް އިއުލާނުގައި ވެއެވެ.

އެ ރަށުގައި ބެޑްމިންޓަން ކޯޓެއް ގާއިމް ކުރުމަށް ފުރަތަމަ ހުޅުވާލީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ އިއުލާނާ ގުޅިގެން އެ ތަން ގާއިމް ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ތަނުގެ މަސައްކަތް ނުނިމެނީސް ފަހުންވަނީ ހުއްޓިފައެވެ.

އެ ކޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބިޑު ކުރެވޭނީ މައުލޫމާތު ސެޝަނަށް ވަޑައިގެން، ބިޑް ހުށައެޅުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބިޑުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ، 13 ޖޫން 2022 ގެ ހެނދުނު 10:00 އެވެ. އެ މުއްދަތުގެ ކުރިން އެ ކައުންސިލްގެ ހޮޓްލައިން ނަމްބަރު، 7330026 އަށް ނުވަތަ އެ ކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލްކޮށްގެން ބިޑްގައި ރަޖިސްޓްރީވުމަށް އެކައުންސިލުން ވަނީ އެދިފައެވެ.

ބިޑުގައި ރަޖިސްޓްރީވުމަށްޓަކައި އީމެއިލް ކުރައްވާއިރު، އެފަރާތެއް ނަމާއި އެޑްރެސް އަދި އީމެއިލް އެޑްރެސްގެ އިތުރުން އައިޑީ ކާޑު ނަމްބަރުގެ އިތުރުން ގުޅޭނެ ނަމްބަރަކާއި ވިޔަފާރީގެ މައުލޫމާތު ހިމެނުމަށް ދާންދޫ ކައުންސިލުން ވަނީ އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside