logoEN
Sto top
ދާންދޫގައި ބިދޭސީން ކުރާ މަސައްކަތަށް އުޖޫރަ ދޭނެގޮތުގެ އުސޫލެއް ކައުންސިލުން ކަނޑައަޅައިފި

ދާންދޫގައި ބިދޭސީން ކުރާ މަސައްކަތަށް އުޖޫރަ ދޭނެގޮތުގެ އުސޫލެއް ކައުންސިލުން ކަނޑައަޅައިފި

އަލްފާ އަލީ

logo

6/17/2022, 4:35:26 PM

# ބިދޭސީން# ގއ.ދާންދޫ# ގއ. ދާންދޫ ކައުންސިލް

Dhaandhoo

ގއ. ދާންދޫގައި ދިރިއުޅެމުން އަންނަ ބިދޭސީ މީހުން މަސައްކަތް ކުރުމުން އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް އެރަށު ކައުންސިލުން އެކުލަވައިލައިފިއެވެ.

Wamco

ދާންދޫ ކައުންސިލުން އިއްޔެ އާންމުކޮށް އަމަލު ކުރަން ފެށި އެ އުސޫލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ އުސޫލެކެވެ. މި އުސޫލުގައި ބަޔާން ވެގެން ވަނީ ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރާތްތަކުންނާއި އަދި މަސައްކަތް ކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތުގެ އުސޫލުތަކެވެ.

އުސޫލުގައި ބުނާ ގޮތުގައި ގެދޮރު އިމާރާތް ކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250 ރުފިޔާއާއި 300 ރުފިޔާއާއި ދެމެދުގެ އަދަދެކެވެ. އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފު ކުރުމާއި ގޯތި ގެދޮރު ވިނަ ނޮޅައި ސާފު ކުރުމުގެ މަސައްކަތަށް ދެވޭނީ ދުވާލަކު 250 ރުފިޔާއާއި 800 ރުފިޔާގެ އަދަދެކެވެ.

އާންމު ރައްޔިތުންނަށް ކޮށްދޭ ކުދި ކުދި މަސައްކަތަށް 20 ރުފިޔާއާއި 150 ރުފިޔާގެ އަދަދެއް ދުވާލަކު ދޭއިރު، ނަރުދަމާ ޖަންކްޝަން ސާފު ކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދެވޭނީ 10 ރުފިޔާއާއި 300 ރުފިޔާގެ އަދަދެކެވެ. އަދި ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކު ދެވޭނީ 300 ރުފިޔާއެވެ.

މީގެ އިތުރުން ކުލައާއި ދަވާދު ލުމުގައި ހަރަކާތްތެރިވާ ބިދޭސީންނަށް ދުވާލަކު ދެވޭނީ 250 ރުފިޔާކަމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

އެ އުސޫލަށް އަމަލުކުރަން ފެށުމާއެކު، އެރަށުގައި ކުރާ ހުރިހާ މަސައްކަތްތަކެއް އެސްޓިމޭޓް އުސޫލުން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ރަށުގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކަށް އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން މަސައްކަތްކުރުން ދެން މަނާވާނެއެވެ.

ހުއްދަ ހޯދައިގެން ދާންދޫ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ފަޅުތެރެއިން ދޮންވެލި ކަށިވެލި ނެގުމުގެ އުސޫލާއި އެއްގޮތަށް ދޮންވެލި، ކަށިވެލި ނެގުމުގެ މަސައްކަތުގެ އަގު މިންކުރެވިފައިވާ ގޮތް ވެސް އު އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ދޮންވެލި ބަސްތާއެއް 8 ރުފިޔާއަށް ވިއްކޭއިރު، ކަށިވެލި ބަސްތާއެއް ވިއްކޭނީ 25 ރުފިޔާއަށް ކަމަށް ވަނީ ނިންމާފައެވެ. އަދި ކޮންމެ ދޮންވެލި އަދި ކަށިވެލި ބަސްތާއަކަށް 1 ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ނަމަ، އެރަށުގައި އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރެވޭނީ ކޮންމެ މަސައްކަތު ދުވަހެއްގައި އެއް ގަޑިއިރުގެ ބްރޭކެއް އެފަރާތްތަކަށް ލިބޭ ގޮތަށް ޖުމްލަ 8 ގަޑިއިރަށެވެ.

ކައުންސިލުން އެކުލަވާލާފައިވާ އުސޫލާއި ހިލާފުވާ ފަރާތްތައް 500 ރުފިޔާއާއި 5،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކޮށް، ގަވާއިދާ ހިލާފަށް ރަށުގައި އުޅޭ ކަމުގެ ކުށުގައި ފުލުހުންނާ ވެސް ހަވާލުކުރެވޭނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside