
ހައްޖަށް ދާން ފުރުސަތުު ލިބި، މިއަހަރު ދާން ބޭނުން ނުވާ ފަރާތްތަކުން އެކަން އަންގަން އެދިއްޖެ
# ހައްޖަށް ދިއުން# މޯލްޑިވްސް ހައްޖު ކޯޕަރޭޝަންހައްޖާޖީން
ރާއްޖެއިން ހައްޖަށް ދާން މިއަހަރު ފުރުސަތު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ދާން ބޭނުން ނުވާ ފަރާތްތަކަށް އެކަން ޙައްޖު ކޯޕަރޭޝަނަށް އެންގުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

ޙައްޖަށް މީހުން ގެންދިޔުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރު ޙައްޖަށް ދިއުމަށް އެ ކޯޕަރޭޝަނުން ޙައްޖު ދަޢުވަތު ފޮނުވާފައިވާ މީހުން ދަޢުވަތު ގަބޫލުކުރާކަން ނުވަތަ ނުކުރާކަން، ސޮއިކޮށްފައިވާ ޙައްޖު އޮފާރ ލެޓާރ މެދުވެރިކޮށް މާދަމާގެ ކުރިން އެ ކުންފުންޏަށް އަންގަން ވާނެކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ ދަޢުވަތު ދެވިފައިވާ ފަރާތްތަކުގެ ތެރެއިން ދައުވަތު ގަބޫލުކުރާކަން ނާންގާ ފަރާތްތަކުގެ ޙައްޖު ޖާގަ އަންނަ އަހަރަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިހާރު ފޯމް އަންނަނީ ބަލައިގަންނަމުންނެވެ. އަދި މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ނަގާ ގުރުއަތުންނެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކަކީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.
ގުޅުންހުރި

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް: ސަމާލުވޭ!

އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭގޮތަށް ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި




