logoEN
WAMCO TOP 1
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި

# މޯލްޑިވްސް ހައްޖު ކޯޕަރޭޝަން# ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

އުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކޮށްފި އެވެ.

THE TRAVELLER AD

ފިރުޒުލް މަގާމަށް އައްޔަންކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

މި މަގާމުގެ އިތުރުން ފިރުޒުލް މިހާރުވެސް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުންނެވެ. އަދި ފިރުޒުލްއަކީ މީގެ ކުރިންވެސް ތަރުޖަމާނުގެ މަގާމް އަދާކޮށްފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެގޮތުން އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު، އިންތިގާލީ އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީވެސް ފިރުޒުލް އެވެ.

ފިރުޒުލް ވަނީ އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރުވެސް ކޮންގްރެސް ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC