
-
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސައްޙަ ނޫން މެސެޖުތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.

އެ ކޯޕަރޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައި އެވެ.
ޙައްޖު ކޯޕަރޭޝަނުން ވަނީ، އިސްލާމްދީނުގެ މާތް އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމެއްކަން ފާހަގަކޮށް އަދި އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަދި އެ ކޯޕަރޭޝަންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި، ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށްވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް: ސަމާލުވޭ!

އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭގޮތަށް ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި




