
ސީއެޗްއެސްއީ އިން ޓީބީ ބަލީގެ ވޭދަނައެއް، އިތުރު ކުދިންތަކެއް ޓެސްޓު ކުރަނީ
# ހެލްތް މިނިސްޓްރީ# ސީއެޗްއެސްސީ# ޓީބީl_2019_10_18_011738_g6sv4yjqnr7uafz9t1lxwei25dbopcm8k3h_EN_
ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ން ޓީބީ ބަލީގެ ވޭދަނައެއް ފެނިއްޖެއެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވީ، އެ ސްކޫލުން ފެނިފައިވާ ވޭދަނައާ ގުޅިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުން ޓީބީއަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ދަންނަވާފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ސީއެޗްއެސްސީން ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވާނެ ކަމަށެވެ.
މި ބަލީގެ ވޭދަނައެއް ރާއްޖޭގެ ސްކޫލަކުން ފެނިފައިވާއިރު، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޓިބީ ބައްޔާ ގުޅޭ ހައިލެވެލް މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވީ، 2025 ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފާފައިވާ ކަމަށެވެ.
ގުޅުންހުރި

އައްޑޫގައި ގާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއް!

މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ޓީބީއަށް ފައްސިވެއްޖެ





