logoEN
WAMCO TOP 1
15 ރަށެއްގައި ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

15 ރަށެއްގައި ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

# ހެލްތް މިނިސްޓްރީ# ލެބޯޓަރީ ވަސީލަތް

ރ،ވާދޫ ލެބޯޓަރީ

15 ރަށެއްގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

THE TRAVELLER AD

މިއީ އަތޮޅުތަކާއި ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ކޮށްފައިވާ އިއުލާނެކެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާރު 18 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށްފައިވެ އެވެ.

އެގޮތުން ހެލްތް މިނިސްޓްރީ ކޮށްފައިވާ އިއުލާނުގައިވާގޮތުން މިއީ ލެބޯޓަރީއަށް ހާއްސަ އިމާރާތެއް ތަރައްގީކުރުމަށް ނިންމާފައިވާ މަޝްރޫއުއެކެވެ.

ލެބޯޓަރީ އިމާރާތް ތަރައްޤީކުރާ ރަށްތައް:

- ރ. ފައިނު- ނ. ކުޑަފަރި- ނ. ފޮއްދޫ- ބ. ކުޑަރިކިލު- ބ. ދޮންފަނު- މ. ރަތްމަންދޫ- ލ. މުންޑޫ- ލ. ކުނަހަންދޫ- ށ. ގޮއިދޫ- ހއ. މުރައިދޫ- ހދ. ކުމުންދޫ- ހދ. ނައިވާދޫ- ތ. އޮމަދޫ- ތ. ގާދިއްފުށި- އދ. ދިއްދޫ

ހެލްތް މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި މި އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ހުޅުވާލާފަ އެވެ.

މީގެއިތުރުން ހެލްތް މިނިސްޓްރީން ވަނީ މި ރަށްރަށުގެ އިތުރުން، ލެބޯޓަރީ ނެތް 76 ރަށުގައި އެ ހިދުމަތް މި އަހަރުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށްފަ އެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން އެ ހިދުމަތް ލިބޭނެ މަގު ފަހިކުރުމެވެ.އަދި ލެބޯޓަރީގެ ހިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރި އެވެ.

ކޮމެންޓް
ފަހުގެ
HDC