
ޒަމާނީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަނީ
# ހެލްތް މިނިސްޓްރީ# ކާބޯތަކެތީގެ ދުވަސްހެލްތް މިނިސްޓަރު ޤީލާ- ފޮޓޯ: ރައީސް އޮފީސް
ޒަމާނީ ޓިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމސް ހެލްތް މިނިސްޓަރު ޤީލާ އަލީ ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭއަކީ ކާބޯތަކެތި އިމްޕޯޓްކުރުމަށް ބަރޯސާވާ ގައުމަކަށްވާއިރު އެކިކަންކޮޅުތަކަށް މިތަކެތި ފޯރުވައިދިނުމަކީ ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ.
ޤީލާ ވިދާޅުވީ ރައްޔިތުން ކެއުމަށް ބޭނުންކުރާ ކޮންމެ އެއްޗަކީ ރައްކާތެރި އަދި ފެންވަރު ހުރި އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން މިސަރުކާރުން ހާއްސަ އިސްކަމެއް ދެނީ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ލެބޯޓަރީގެ ގާބިލްކަން އިތުރުކޮށް ކާބޯތަކެތީގެ ނުރައްކާތައް މޮނިޓަރކުރާނެ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު 23 މޭ 2024 ގައި ރައީސް ތަސްދީގުކޮށްދެއްވުމަކީ މި ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރާއްޖޭގެ ނިޒާމް ފެއްތުމަށް އެޅުނު ވަރުގަދަ ބިންގަލެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ ސިއްހީ ދާއިރާއާއި މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާ ގުޅިގެން މަސައްކަތްކުރާނެ އިންތިޒާމު ފުޅާކުރުންކަމަށެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރުމާއި އާންމުން ހޭލުންތެރިކުރުވުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ކާބޯތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ސަގާފަތެއް ގޭބިސީތަކުން ފެށިގެން ބިނާކުރަންޖެހޭކަމަށެވެ. އަދި ކުރިމަގަށް ގެންގުޅޭ ތަސައްވުރަކީ ޒަމާނީ ޑިޖިޓަލް ނިޒާމްތަކެއްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ." ކަމެއް ދިމާވާ ހިނދު އަވަސް ފިޔަވަޅުތަކެއް އެޅުމާއި، ލެބޯޓަރީ ވިއުގަ ފުޅާކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމަކީކުރަމުންދާ މަސައްކަތެއް، މީގެ ސަބަބުން ކާބޯތަކެތިން ޖެހޭ ބަލިތައް މަދުވެ ވިޔަފާރީގެ އައު ފުރުސަތުތަކަށް މަގުފަހިވާނެ" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ހަމައެކަނި ސިއްހީ ކަމެއް ނޫންކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިއީ އެންމެންގެ ޤައުމީ ޒިންމާއެއް ކަމުން ރާއްޖޭގެ ކޮންމެ ސުފުރާއެއްގައި ހުންނަ ކެއުމަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން އާ އަޒުމަކާއެކު ކުރިއަށް ދިއުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ގުޅުންހުރި

ޒަމާނީ ޑިޖިޓަލް ނިޒާމުގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް- ފަސްޓް ލޭޑީ

15 ރަށެއްގައި ލެބޯޓަރީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި




