logoEN
PNC TOP 3
ހިމަންދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ ހިދުމަތް ފަށައިފި

ހިމަންދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ ހިދުމަތް ފަށައިފި

# ރައީސް މުއިއްޒު# ހެލްތް މިނިސްޓްރީ# އއ ހިމަންދޫ

ހިމަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފެށުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

އއ. ހިމަންދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ ހިދުމަތް ފަށައިފި އެވެ.

PNC MID 2

މި ހިދުމަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ އިސްވެރިންނާއި، ސިއްހީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެހިމަންދޫގައި މި ހިދުމަތް ފަށްޓަވައި ދެއްވުމަށްފަހު ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ، އެރަށުގެ ސިއްހީ މަރުކަޒުގެެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ. އަދި ހުރި ދަތިތަކަށް ހއްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ރައީސްގެ އެންގެވުމާ އެއްގޮތަށް މިއަހަރު ތެރޭގައި 76 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށް އެ މިނިސްޓްރީން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ. އަދި މި މަސައްކަތުގެ ދަށުން މިހާތަނަށް 12 ރަށެއްގައި މި ހިދުމަތް ގާއިމްކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރުއްޔާ ޑރ.މުހައްމަދު މުޢިއްޒު އެންގެވި ގޮތަށް މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފަ ނެތް ރަށްރަށުގައި ވީހާވެސް އަވަހަކަށް މި ޚިދުމަތް ޤާއިމްކޮށް ނިންމާލުމަށް، އެގޮތުން ހިމަންދޫއަކީ އަޅުގަނޑުމެންނަށް މި ޚިދުމަތް ޤާއިމްކުރެވުނު 12 ވަނަ ރަށް. އިރާދަކުރެއްވިއްޔާ ބާކީ ހުރި ހުރިހާ ރަށެއްގައިވެސް މިއަހަރު ތެރޭ މި ޚިދުމަތް ޤާއިމްކުރުން އަމާޒަކީ". ވަޒީރު ވިދާޅުވިއެވެ.ލެބޯޓަރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާ ފަދައިން އއ. ހިމަންދޫ ރައްޔިތުންވެސް ދާން ޖެހެނީ، އެ ހިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް އެހެން ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ހިދުމަތާއި، އާންމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުސަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC