logoEN
WAMCO TOP 1
ހައި ސްޕީޑް ފެރީ މަޝްރޫއަށް ބޭނުންވާ ޕްލެޓްފޯމް ގާއިމް ކުރަން އެމްޓީސީސީއަށް

ހައި ސްޕީޑް ފެރީ މަޝްރޫއަށް ބޭނުންވާ ޕްލެޓްފޯމް ގާއިމް ކުރަން އެމްޓީސީސީއަށް

އަލްފާ އަލީ

logo

5/16/2022, 8:58:14 PM

# ހައި ސްޕީޑް ފެރީ# އެމްޓިސީސީ

763b2c9a-b493-44b6-ad22-283a93cd7569

ރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއަށް ބޭނުންވާ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

THE TRAVELLER AD

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސިގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފަސް މިލިއަން ރުފިޔާއަށް، 300 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތުގެ ތެރޭގައި ހދ. ކުޅުދުއްފުށި ހދ. ހަނިމާދޫ ހދ. ނޮޅިވަރަންފަރު ހއ. ދިއްދޫ ހއ. ހޯރަފުށި ހއ. ކެލާގައި އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމުކުރުމެވެ.

އިންޓަގްރޭޓެޑް ފެރީ ނެޓްވޯކް ގެ ދަތުރުތައް ޒޯން 1 އަށް ފަށާފައިވަނީ މި މަހުން ފެށިގެންނެވެ. އެއީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ސްޕީޑް ބާރު ފެރީތައް ބޭނުން ކޮށްގެން މުޅި ރާއްޖެ ގުޅުވާލުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ކޮމެންޓް
ފަހުގެ
HDC