
ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ
# ހުވަދު އަތޮޅު# ހައި ސްޕީޑް ފެރީ# އާރުޓީއެލްRTL
ހުވަދުއަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ފަށައިފި އެވެ.

ޕްލޭނިންގ މިނިސްޓްރީން ވަނީ ހުވަދުއަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ހުވަދު އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި މުވައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮންނަ އިރު، އެ އަތޮޅުގައި އާރްޓީއެލް ހިދުމަތް ދިނުމަށް ނިންމާފައިވަނީ، މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ކޫއްޑޫ، ކާޑެއްދޫ އެއަރޕޯޓަށް ޚާއްޞަ ރޫޓު ހިމެނެއެވެ.
ހުވަދުއަތޮޅުގައި އާރްޓީއެލް ދަތުރުތައް ފަށާއިރު، 6 ސްޕީޑް ފެރީ ބޭނުންކުރުމަށް ނިންމާފައިވާއިރު، ހިދުމަތް ފުރިހަމަވެގެންދާއިރު އެއަތޮޅުގައި ޖުމްލަ 9 ސްޕީޑް ފެރީ ބޭނުންކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު އެއް މަޝްރޫޢުއެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ރަށެއް ވަނީ ފެރީ ނިޒާމުން ގުޅާލާފައެވެ.
ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ހުވަދު އަތޮޅުގައި މި ހިދުމަތް ފެށުމަށެވެ. އެގޮތުން އަންނަ ޖުލައި މަހު ކުރީ ކޮޅުގައި ހުވަދު އަތޮޅުގައި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. ހުވަދު އަތޮޅުގައި ހިދުމަތް ދިނުމަށް ބޭނުންކުރާނެ ބައެއް ސްޕީޑްފެރީތައް ވަނީ ބަދެ ނިންމާފައެވެ.
ގުޅުންހުރި

އާރުޓީއެލް ފެރީތެރޭގައި އަންހެނަކު ދުވަސްނުފުރާ ވިހައިފި, ކުއްޖާ ފުރާނަ ސަލާމަތެއް ނުވި!

ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ އަގުތައް އިއުލާންކޮށްފި

ފަހަތުން އަރައި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފި
