logoEN
cocacola
ފަހަތުން އަރައި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފި

ފަހަތުން އަރައި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފި

ހަސަން ޝަމްއޫން

logo

4/22/2024, 9:25:22 AM

# ހައި ސްޕީޑް ފެރީ# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# ރެއާލް މެޑްރިޑް

ރެއަލް މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުން ވާދަވެރި ތިން މެޗުން ވެސް ރެއާލް މެޑްރިޑް މޮޅުވެފައިވާއިރު، މިމެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ބާސެނާއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ޑިފެންޑަރު އަންދްރޭ ކްރިސްޓިއަންސަން އެވެ. މިއީ މެޗު ފެށިގެން 6 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިހާ ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއާރއެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 22 މެޗުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މީގެ އިތުރުން މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސަކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއްް ފެނިގެންދިޔައި ބާސެލޯނާއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 69 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަސްކޭޒް އެވެ. މިއީ އެޓީމުގެ ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ބެލިންގްހަމް އެވެ. މިއީ މިސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލް މެޑްރިޑަށް ބަދަލުވި އުމުރުން 20 އަހަރުގެ މީޑްފީލްޑަރު ލީގުގައި އެޓީމަށް ކުޅުނު 25 މެޗުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުން 32 މެޗުން ރެއާލް މެޑްރިޑަށް 81 ޕޮއިންޓް ލިބިފައިވާއިރު، 11 ޕޮއިންޓްގެ ލީޑަކާއި އެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާއަށް 32 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ