logoEN
WAMCO TOP 1

ދިއްދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޔޫތް މިނިސްޓްރީ

އދ. ދިއްދޫގައި ގާާއިމްކުރި ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.

THE TRAVELLER AD

މި ދަނޑު ހުޅުއްވައިދެއްވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދަނޑު ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު އަބްދު ﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ދަނގެތީ ދާއިރާގެ މެންބަރު އަބްދު ﷲ ރަޝީދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަހްމަދު މުބީން، އެރަށު ކައުންސިލްގެ ރައީސް އަނީސް މުހައްމަދު އަދި ކައުންސިލްގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށްފަހު އެދަނޑުގައި އެކުވެރިކަމުގެ މެޗެއްވެސް ކުޅެފައިވެ އެވެ.

undefinedދިއްދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޔޫތް މިނިސްޓްރީ

އެމްޓީސީސީއާއި ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިދިޔަ އަހަރު ޖޫން މަހުގައި އެރަށަށް ކުރެއްވި ޒިޔާރާތުގެ ތެރެއިންނެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑުގެ މަސައްކަތްތަކާއި، ލައިޓް ޕޯސްޓް ހަރުކުރުން، ގޯލް ޕޯސްޓް ހެދުން، ބެންޗް ހެދުން، ދަވާދުލުމުގެ މަސައްކަތުގެ އިތުރުން ޓާރފް އެޅުމުގެ މަސައްކަތްތައް ކޮށްފައިވެ އެވެ.

މިއީ 1.74 މިލިޔަން ރުފިޔާއަށް 120 ދުވަސްތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުއެކެވެ.

ކޮމެންޓް
ފަހުގެ
HDC