
މިއަދުގެ ވޯޓަށްފަހު އެގިގެންދާނެ އެމްޑީޕީގައި ތިބީ ފޭކު މެމްބަރުންކަން - މަލީހް
# އިދިކޮޅު ކޯލިޝަން# އެމްޑީޕީ# މުހައްމަދު މަލީހު ޖަމާލްmaleeh
މިއަދު ނަގާ ވޯޓު ނިމޭއިރު އެމްޑީޕީގައި ތިބީ ފޭކް މެމްބަރުންކަން އެނިގެންދާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 94000 މެމްބަރުން ތިބި ކަމަށް ދައުވާ ކުރާ އެމްޑީޕީގެ މިއަދު ނަގާ ވޯޓް ނިމޭއިރު، އޭގެ ތެރެއިން ބޮޑު ޕަސެންޓަކީ ފޭކް މެމްބަރުންކަން އެނގިގެންދާނެ ކަމަށެވެ.
އަދި އެއީ ވަގަށް އެމްޑީޕީއަށް ވައްދާފައި ތިބި މެމްބަރުން ކަމަށާއި، އެކަމަކީ ދައުލަތުގެ ބަޖެޓުން ގިނައިން ފައިސާ ހޯދަން ކުރާ ވައްކަމެއްކަމަށްވެސް މަލީހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ. އަދި އެކަން އިސްލާހުކުރެއްވުމަށް ވެސް މަލީހް ވަނީ ގޮވާލައްވާފައެވެ.
މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފެށި އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި، ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާނެ އެވެ. އިންތިއާ އެކު ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.
ގުޅުންހުރި

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި!

އެމްޑީޕީން އަންނަ މަހުގެ 17 ގައިވެސް މުޒާހަރާއަށް ނުކުންނަނީ
ފުލުހުން ކުރީ ދޮގު ތުހުމަތުތަކެއް، ހުކުރު ދުވަހުގެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް - އެމްޑީޕީ





