%20(2).webp&w=3840&q=75)
-
ރޭ އިދިކޮޅު ޕާޓީ އެމްޑީޕީން މާލެ މަގުމަތީގައި ބޭއްވި އިހުތިޖާޖް ތެރެއިން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ފެތުރޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ޔަގީންކަން ދިނެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި އެ މީހާއަށް ދިމާވި ހާދިސާއަކީ ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރަމުން، ފުލުހުން ވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި
%20(2).webp&w=3840&q=75)
ފުލުހުންނާ ހެދި މުޒާހަރާގައި އަނިޔާވިކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް- ފުލުހުން

މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފުލުހުންގެ ތަޖުރިބާ މުހިންމު: ސީޕީ




