logoEN
WAMCO TOP 1
އެމްޑީޕީ ޗެއާޕަސަން އިންތިހާބު: ނަޝީދުގެ ކެމްޕެއިން ތަރުޖަމާނަކަށް ވައްޑެ!

އެމްޑީޕީ ޗެއާޕަސަން އިންތިހާބު: ނަޝީދުގެ ކެމްޕެއިން ތަރުޖަމާނަކަށް ވައްޑެ!

އަހުމަދު ޝުރާއު

logo

5/4/2026, 2:30:06 PM

# އެމްޑީޕީ

-

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ތަރުޖަމާނަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

THE TRAVELLER AD

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޗެއާޕާސަން ކެމްޕެއިންގެ ތަރުޖަމާނަކަށް އެޕާޓީގެ ގައުމީ މަޖިލިސްގެ ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުالله ވަހީދު ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަން ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި އެވެ. އެގޮތުން އެމަގާމަށް ވާދަކުރައްވަން ކުރިމަތިލެއްވީ ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި ލ. ފޮނަދޫއަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު (ވާޑު) އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ފަހު އިއުލާންކޮށްފަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ކެނޑިޑޭޓް ނަމްބަރަކީ 3 އެވެ.

ކޮމެންޓް
ފަހުގެ
HDC