logoEN
WAMCO TOP 1
ޔާމީނާއި، ނަޝީދާއި، ޞާލިހުގެ ބައްދަލުވުން މާދަމާ!

ޔާމީނާއި، ނަޝީދާއި، ޞާލިހުގެ ބައްދަލުވުން މާދަމާ!

އަހުމަދު ޝުރާއު

logo

5/14/2026, 5:54:12 PM

# އިދިކޮޅު ކޯލިޝަން

ކުރީގެ ތިން ރައީސުން:- (މިއީ އާޓިފިޝަލް އިންޓެލިޖެންސިން އުފައްދާފައިވާ ފޮޓޯއެއް)

ސަރުކާރާއި އިދިކޮޅުގައި ތިއްބަވައިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީން އަބްދުލްގައްޔޫމްއާއި މުހައްމަދު ނަޝީދުގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބާއްވާ ޚާއްސަ ބައްދަލުވުން މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

THE TRAVELLER AD

މިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ޔާމީންގެސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓިންއެވެ. މި ބައްދަލުވުން މާދަމާ އޮންނަކަން ކަށަވަރުކޮށްދިން ނަމަވެސް ބައްދަލުވުމުގެ ވަގުތު އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

ތިން ރައީސުން އެކުގައި މަސައްކަތްކުރެއްވުމަށް ފުރަތަމަ ގޮވާލެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

އެގޮތުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ވިދާޅުވެފައި އެވެ.

ފައްޔާޒުގެ މި ގޮވާލުމަށް އިޖާބަ ދެއްވައި ރައީސް ޔާމީން އިއްޔެ ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި އެކުގައި މަސައްކަތްކުރައްވަން ހުންނެވިކަން ހާމަކުރައްވާފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

ކޮމެންޓް
ފަހުގެ
HDC