logoEN
WAMCO TOP 1
ހިތަދޫ އުތުރު ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

ހިތަދޫ އުތުރު ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

# އެމްޑީޕީ# ރައްޔިތުންގެ މަޖިލިސް# ހިތަދޫ އުތުރު# އީސީ# ޕީއެންސީ

ހިތަދޫ އުތުރު ބައި-އިލެކްޝަން ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމުގެ ގުރުއަތު ނެގުމުގެ ތެރެއިން- ފޮޓޯ: އީސީ

ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި އެވެ.

THE TRAVELLER AD

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ބޭއްވި ރަސްމިއްޔާތުގައި މި އިންތިހާބަށް ކުރިމަތިލީ ދެ ކެންޑިޑޭޓުންކަމަށްވާ އަހްމަދު ސައީދު އަދި އަބްދުﷲ ޞާދިޤުގެ މެދުގައިވަނީ ގުރުއަތުން ނަގާފަ އެވެ.

އެގޮތުން ގުރުއަތުން ކެނޑިޑޭޓް ނަންބަރު 1 ލިބުނީ ވެރިކަންކުރާ ޕާޓީގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެނޑިޑޭޓް އަހްމަދު ސައީދް އަށެވެ. އަދި ކެނޑިޑޭޓް ނަންބަރު 2 ލިބުނީ އިދިކޮޅު ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓް އަބްދުﷲ ޞައީދު އަށެވެ.

އީސީން ބުނީ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ މަހުގެ 6 ވަނަ ދުވަހު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކަމަށެވެ. އަދި އީސީން ނެރިފައިވާ ވޯޓާސް ލިސްޓުން ދައްކާގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 4،114 މީހުންނަށް ލިބިގެންވެ އެވެ.

View post on Twitter

މި ދާއިރާއިން އަލުން މެންބަރެއް ހޮވުމަށް ވޯޓު ނަގަނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގައި އޭރުގައި އިންތިހާބުކުރި މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމުންނެވެ. އޭނާގެ ގޮނޑި ގެއްލުނީ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، ހުކުމާ އެއްގޮތައް ނުދައްކާކަން ސާބިތުވާތީ، އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC