logoEN
Sto top
ކަސްޓަމްސްގެ 20 އޮފިސަރަކަށް އިންޑިއާގައި ތަމްރީން ދެނީ

ކަސްޓަމްސްގެ 20 އޮފިސަރަކަށް އިންޑިއާގައި ތަމްރީން ދެނީ

އަލްފާ އަލީ

logo

5/7/2022, 1:22:18 PM

# މޯލްޑިވްސް ކަސްޓަމްސް

78119181-8E62-4444-B703-B82ACB686B14

އިންޑިއާގެ މުމްބާއީގައި ހުންނަ އެންއޭސީއައިއެންގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރެއްގައި މޯލްޑިވްސް ކަސްޓަމްސްގެ 20 ސުޕްވައިޒަރީ- ލެވެލް އޮފިސަރުން އިންޑިއާ އަށް ފޮނުވަން ނިންމައިފިއެވެ.

Wamco

މިއީ އިންޑިއާގެ ބޮޑުވަޒީރު 2019 ވަނަ އަހަރު ރާއްޖެ ވަޑައިގެން ކަސްޓަމްސްގެ ދާއިރާއިން ގާބިލްކަން އިތުރު ކުރުމަށް ސޮއި ކުރެވުނު އެމްއޯޔޫ ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ. ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ކަސްޓަމަސްގެ އޮފިސަރުންނާ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ ހައި ކޮމިޝަނުން ވަނީ ބައްދަލުކޮށްފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެމްއޯޔޫ ތަންފީޒުކުރެވިގެން ދަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިޝަލުންގެ އެކި ބެޗްތައް އިންޑިއާގެ ސެންޓްރަލް ބޯރޑް އޮފް އިންޑައިރެކްޓް ޓެކްސް އަދި ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސްގައި ތަމްރީންދީގެންނެވެ.

މި އަހަރާއި އަންނަ އަހަރު "ކާގޯ ޕްރޮފައިލިންގް އަދި ރިސްކް މެނޭޖްމަންޓް"، "ކަސްޓަމްސް އިންޑަކްޝަން ޓްރެއިނިންގް ޕްރޮގްރާމް"، "އިންޓެލިޖެންސް އިންފޯމޭޝަން އެންޑް އިންވެސްޓިގޭޝަން" އަދި "ޑްރަގް ލޯ އެންފޯސްމެންޓް" ފަދަ ދާއިރާތްކުން ހާއްސް ދަތުރުތަކާއި ތަމްރީންތައް ވަނީ ރޭވިފައެވެ. އަދި މި ޕްރޮގްރާމް ތަކުގެ ދަށުން 120 ކަސްޓަމްސް އޮފިސަރުން ތަމްރީން ކުރެވޭނެއެވެ.

މިހާތަނަށް 80 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިއާގައި ތަމްރީންކުރެވިފައެވެ. ކޮވިޑް-19 ބަލިމަޑު ކަމުގެ ތެރޭގައިވެސް އޮންލައިން ތަމްރީން ޕްރޮގްރާމްތައްވަނީ ހިންގައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside