
ކޮންޓެއިނަރުގެ ތެރެއިން ދެބާވަތެއްގެ ޑްރަގް ފެނިފައިވޭ - ކަސްޓަމްސް
# ފުލުހުން# މަސްތުވާތަކެތި# މޯލްޑިވްސް ކަސްޓަމްސްNew Project (1)
ރާއްޖެއަށް އެތެރެ ކުރި ކޮންޓެއިނަރަކުން ފެނުނީ ދެ ބާވަތެއްގެ މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމެންޓެއްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިގެން ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހާއްްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
އަދި މި އޮަޕޭޝަން ނިމުނުހާ އަވަހަކަށް މައުލުމާތު ހިއްސާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
ފުލުހުން މީގެ ކުރިން ބުނީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ ކޮންޓެއިނަރު ބަލާ ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. ކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި ކޮންޓެއިނަރު އެތެރެ ކޮށްފައި ވަނީ ޓޮމާޓޯ ޕޭސްޓް އާއި ދަޅު ކާނާގެ ގޮތުގައެވެ.