logoEN
Sto top
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފި

އަލްފާ އަލީ

logo

10/28/2024, 4:27:54 AM

# މޯލްޑިވްސް ކަސްޓަމްސް

-

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

Wamco

މިކަން ހާމަކޮށް ކަސްޓަމްސްއިން ވިދާޅުވީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން މި މަހުގެ 24ވަނަ ދުވަހުގެ ރާއްޖެ އައި "އެމް.ޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު މި މަހުގެ 25ވަނަ ދުވަހުރޭ ލިބުނު ކަމަށެވެ.

އަދި ގިނަ އަދަދެއްގެ ސިނިގރޭޓު އަތުލައިގެންފައިވަނީ އެ މައުލޫމާތު ލިބުމާގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެމް.ޓި ހޯކްސް ޖަވާހިރު ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އެތަކެތި އަރުވައިގެން ތިލަފުއްޓަށް ގެންދިޔަ ކަމަށާއި އެތަނުން އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޓްރަކަކަށް އަރުވާފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ. އެތަކެތި ބޭލުމަށް މަސައްކަތްކޮށްފައިވަނީ މި މަހުގެ 25ވަނަ ދުވަހުގެ ރޭ 10:00ހާއިރު ތިލަފުށީގައި ހުންނަ ހޯކްސްގެ ބޯޓުޔާޑަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ އެތަކެތި ބޭލި ބޯޓުޔާޑުގައި އިތުރު ސިނގިރޭޓް ހުރިކަމަށް ޝައްކުކުރެވިގެން ކޯޓު އަމުރުގެ ދަށުން މިހާރު އެތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ. އެގޮތުން، މިހާތަނަށް އެ ބޯޓުޔާޑުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން "މެންޗެސްޓަރ" ބްރޭންޑުގެ ގާތްގަނޑަކަށް 1695 މިލިޔަން ސިނގިރޭޓު ފެނިފައިވާ ކަމަށް ވިދާޅުވެއެވެ.

މި މައްސަލަ، ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމަށް އުޅުނުކަމަށް ތުހުމަތުކޮށް ކަސްޓަމްސްއިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުހަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތިން އަމަލުކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ކަސްޓަމްސް ޤާނޫނު ތަންފީޒު ކުރުމުގައި ފަސްނުޖެހޭނެ ކަމަށްވެސް ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC