
--
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެކުނުގެ ސަރަހައްދީ އޮފީސް މަރަދޫގައި ހުޅުވައިފި އެވެ.

އިއްޔެ އޮތް ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އަލި އިހުސާން އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ. އަދި އެތަނުގެ ދިދަ ވަޒީރު އިޙްސާނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ނަންގަވައިދެއްވާފައެވެ.
އައު އިމާރާތުގައި މުވައްޒަފުންގެ މަސައްކަތުގެ ޖާގައިގެ އިތުރުން، މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ޚާއްސަ ކްލާސްރޫމްތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ކޮންފަރެންސް ހޯލަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްވެސް މި އިމާރާތުގައި ވަނީ ގާއިމްކޮށްފައެވެ.
އޮފީސް އިމާރާތް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ކަސްޓަމްސް އަށް ދީފައިވާ ބިމަކީ، މަރަދޫ ބަނދަރުމަތީގައި ހުންނަ ”1000 ބީސީ“ ރެސްޓޯރަންޓްގެ އަރިމަތިން އޮތް ހުސް ބިމެކެވެ. މި އިމާރާތުގެ މަސައްކަތް ކަސްޓަމްސްއިން ހަވާލުކުރީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އަދި އެކުންފުނިން މި އޮފީހުގެ އަމަލީ މަސައކްަތް ފެށީ 2021 ވަނަ އަހަރުގެ ތެރޭގައި އެވެ.
ތިން ބުރީގެ މިއިމާރާތް ގާއިމުކުރުމަށް 22.3 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ.
ގުޅުންހުރި

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ:އިހްސާން

ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކީގަ: ދިޔާނާ

މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްފި

.gif&w=3840&q=75)



