
ezgif-5-61bf405147
1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި މުއްދަތުގައި 107,132 މީހުން ފިޠުރު ޒަކާތް ދައްކާފައިވާކަމަށާއި، ޒަކާތުގެ ގޮތުގައި ޖުމްލަ 5,583,326.44 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިދިޔަ 1442 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.6 މިލިއަން ރުފިޔާކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިދިޔަ އަހަރު އެ މުއްދަތުގައި 135743 މީހުން ފިޠުރު ޒަކާތް ދައްކާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޒަކާތް އޮންލައިންކޮށްވެސް ދެއްކޭއިރު މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.
ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ. އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ 28 ރަމަޟާން 1443 (29 އޭޕްރިލް 2022) ވަނަ ދުވަހުގެ 18:00 އެވެ.
ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބަކަށް ވީހިނދު ހުރިހާ ބޭފުޅުންވެސް ފިޠުރު ޒަކާތް ދެއްކުމަށް މިނިސްޓްރީން ހަނދުމަފުޅުކޮށްދީފައެވެ.
ގުޅުންހުރި

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

މި ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
.jpg&w=3840&q=75)
"އިސްލާމިކް ސްޓޫޑިއޯ"އިން ރަމަޟާން މަހު ގެނެސްދޭ 10 ޕްރޮގުރާމް އިފްތިތާޙްކޮށްފި

.gif&w=3840&q=75)



