
ޒަކާތް ހައުސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
# ޒަކާތް# މޯލްޑިވްސް ޒަކާތު ހައުސް# ފިޠުރު ޒަކާތް# މުދަލު ޒަކާތްފޮޓ: ޒަކާތު ހައުސް
މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕު ޕްރޮގުރާމަށް ކުރިމަތިލުމުގެ ފުރުޞަތު، އެ ކަމަށް އެދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އިތުރުކޮށްފިއެވެ.

މި ބަދަލާއެކު، ކުރިން 16 ޖުލައި 2026 އަށް ހަމަވާން އޮތް ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026ގެ 14:00އާ ހަމައަށް އިތުރުކޮށްފައެވެ.
17 މޭ 2026ގައި ހުޅުވާލި މި ސްކޮލަރޝިޕު ޕުރޮގުރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް (ލެވެލް 9)އާއި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތެކެވެ. މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލައިފައި ވެއެވެ.
އޭގެތެރޭގައި ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތާއި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތު ހިމެނެއެވެ.
މީގެ އިތުރުން އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕުރޮޕޯސަލު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ގޮތަށް ހުށަހަޅާ އިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާނެ ޚާއްޞަ ޕުރޮޕޯސަލު ޓެމްޕްލޭޓު ޒަކާތު ހައުސްގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.
ޒަކާތު ސްކޮލަރޝިޕު 2026އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމުގެ މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުމެވެ. އެހެންކަމުން، 16 އޮގަސްޓު 2026ގެ 14:00ގެ ކުރިން އަށް އީމެއިލު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސްކުރެއެވެ.
ގުޅުންހުރި

ޒަކާތް ހައުސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ 6 ކުއްޖަކު އިންޑިއާއަށް ފުރަނީ

ފައިނޭންޝަލް އެކްސްޕޯގެ ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!




