logoEN
WAMCO TOP 1
ޒުވާން ޚަޠީބު ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް 140 ފަރާތަކުން ފޯމު ހުށައަޅައިފި

ޒުވާން ޚަޠީބު ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް 140 ފަރާތަކުން ފޯމު ހުށައަޅައިފި

# ޒުވާން ޚަތީބުން# އިސްލާމިކް މިނިސްޓްރީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ފަރާތަކުން ބައިވެރިވުމަށް އެދި ފޯމު ހުށައަޅައިފިއެވެ.

THE TRAVELLER AD

ފޯމު ހުށައެޅި 160 ފަރާތުގެ ތެރެއިން މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ 140 ފަރާތުގެ އިންޓަވިއު އިއްޔެ ވަނީ ފަށާފައެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވެފައިވާއިރު، މާލެއާއި އައްޑޫ ސިޓީ ފިޔަވާ އެހެން އަތޮޅުތަކުގައި ތިބި ކުދިންގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމަށް ހއ. އިން 9، ހދ. 10، ށ. 11، ނ.15، ރ. 10، ބ. 4، ޅ. 7، ކ. (މާލެއާއެކު) 28، އއ. 5، އދ. 5، ވ. 1، މ. 8، ފ.1، ދ. 6، ތ. 10، ލ. 4، ގއ. 6، ގދ. 3، ޏ. 3، ސ. 14 ކުދިން ފޯމު ހުށައަޅާފައިވެއެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ އިސްލާމީކަންތައްތާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ.

މި ޕްރޮގުރާމުގެ 4 ބުރު މިހާރު ނިމިފައިވާއިރު 621 ޒުވާން ޚަޠީބުން ތަމްރީން ކޮށްފައިވާކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ކޮމެންޓް
ފަހުގެ
HDC