
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ދައުރާ ޕްރޮގްރާމް، ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ބިން ޙަސަނުލް ޤަޙްޠާނީއެވެ.
މި ޕްރޮގުރާމުގެ ދަންފަޅިތައް މިއަދުވެސް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނެވެ.
ގުޅުންހުރި

ދައުރާ ޕްރޮގްރާމް ފަށައިފި

ޖުލައި 10 އަދި 11 ގައި ސަލްމާނު މިސްކިތުގައި އިސްލާމީ ކުތުބުޚާނާގެ ޚާއްސަ ޙަރަކާތްތަކެއް ބާއްވަނީ

85 ޒުވާން ޚަޠީބުން، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި




