![ފެންފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F04%2Ffenaka-2.jpg&w=3840&q=75)
fenaka
އދ.ފެންފުށީގައި ސަރުކާރުން ޤާއިމް ކުރައްވާ ފެނުގެނިޒާމު ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެކަމަށްޓަކައި މިއަދު ފެންފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ރަސްމީކޮށް މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް އަކްރަމް ކަމާލުއްދީން އެވެ. އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 06 މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެނމެހައި މަސައްކަތް ކުރާނެ. މިގޮތުން 9600 މީޓަރަށްވުރެ ދިގު ފެނުގެ ވިއުގައެއް ޤާއިމްކޮށް، 60 ޓަނުގެ 02 ފެންޕްލާންޓް ބަހައްޓައި، 950 ޓަނުގެ ފެން ރައްކާކުރެވޭނެ ވަޞީލަތް ޤާއިމްކޮށް، ރަށުގެ ހުރިހާ ގެއަކަށް ފެން މީޓަރ ގުޅައިދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން، މި އަހަރުގެ ޑިސެމްބަރ ގެ ނިޔަލަށް ނިންމުމަށް ފެނަކަ އާ ޙަވާލުކުރައްވާފައިވާ މަޝްރޫޢެކެވެ. ފެނަކައިން މަސައްކަތް ކުރަނީ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، 2022 ނޮވެމްބަރ މަހު މިނިސްޓްރީ އާ ފެނުގެ ނިޒާމު ޙަވާލުކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ގުޅުންހުރި
![''ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމް ކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2FGTLhbDQbcAAFTnG.jpeg&w=3840&q=75)
''ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމް ކޮށްފި
![އައްޑޫއިން ކަރަންޓު ކެނޑުނީ އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން - ފެނަކަ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2FA1-1720272653111(1).webp&w=3840&q=75)
އައްޑޫއިން ކަރަންޓު ކެނޑުނީ އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން - ފެނަކަ
![އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ, ފެނަކައިން ދަނީ ކަރަންޓު ދިނުމަށް މަސައްކަތްކުަރަމުން!](/_next/image?url=%2Fog%2FBreaking.jpg&w=3840&q=75)
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ, ފެނަކައިން ދަނީ ކަރަންޓު ދިނުމަށް މަސައްކަތްކުަރަމުން!
![މިއަދާ ހަމައަށް އެކި ރަށްރަށުގައި 43 ޖަނަރޭޓަރު ބަހައްޓައިފިން - ފެނަކަ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2FG0pfX0wSzwHbrZbZnT3HyTkDFicmVdcIUZEV0hL5.jpg&w=3840&q=75)