
-
ހއ ހޯރަފުށީ ބޮޓަލިން ފްލާންޓު މަޝްރޫއު ހުއްޓާލިކަމަށްބުނެ ދައުރުވަމުންދަނީ ހަގީގަތާއި ހިލާފު ހަބަރުތަކެއްކަމަށް ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.

އެކުންފުނީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ހިލޭ އެހީއާއިއެކު އެ ކުންފުންޏާއި ހއ ހޯރަފުށީ ކައުންސިލް ދެމެދު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ރަށުގައި ތަރައްޤީކުރަން ފެށި ބޮޓަލިންގ ޕްލާންޓުގެ މަޝްރޫއު ހުއްޓައިލިކަމަށް ދައުރުވަމުންދަނީ ހަގީގަތާ ހިލާފު ހަބަރުތަކެއް ކަމަށެވެ.
އެގޮތުން މަޝްރޫއުގެ ފަސްމަންޒަރަށް ބަލާއިރު 2019 ވަނަ އަހަރު މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގެ ވަށައިގެން އިންފާރެއް ރޭނުން ފިޔަވަައި އިތުރު މަސައްކަތެއް ނުހިނގައި ދެ އަަހަރެއްގައި ދުވަސް ހޭދަވި ކަމަށާއި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުވެސް ނިމިގެންދިޔައީ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި 30 މިލިއަނާ ގާތްކުރާ އަދަދަކަށް އެ ކުންފުނީން ފައިސާ ހަރަދުކުރެވުނު އިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިންމައިލެވުނީ ހަމައެކަނި އެމަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ކަމަށް ބުނެފައިވެއެވެ.
މިހާތަނަށް މި މަޝްރޫއު ހިންގުމަށް 36،706،925 ހަރަދުވެފައިވާއިރު އިންޑިއާއިން ދިން ނުވަ މިލިއަން ރުފިޔާގެ އެހީއިން މި މަޝްރޫއަށް ކައުންސިލުން ހިއްސާކޮށްފައިވަނީ 2.4 މިލިއަން ރުފިޔާކަން ފާހަގަކޮށް ފެނަކައިން ބުނީ މިހާތަނަށް ހަރަދުވި ފައިސާގެ ތެރެއިން 34.3 މިލިއަން ރުފިޔާ ހަރަދުކުރީ ސީދާ އެކުންފުނީން ކަމަށެވެ.
މުވައްޒަފުން ވަކިކުރުމާއި ގުޅޭގޮތުން ފެނަކައިން ބުނީ ބޮޓަލިންގ ފްލާންޓް އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާއި މޭޒު ހުރިނަމަށްވެސް މުވައްޒަފުންގެ މަސައްކަތް ބޭނުންވާ މެޝިނަރީޒް ބޮޑު ބައި ހުރީ ރާވާނުނިމި ކަމަށެވެ. އަދި އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ އިމާރާތްކުރުމުގެ ބައެއް މަސައްކަތްތައް ހުރީ ނިންމަންޖެހިފައި ކަމަށެވެ. މިއާއިއެކު ކުންފުނީގެ މާލީ ހާލަތަށް ރިޔާއަތްކޮށް މަސައްކަތް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންދިއުމަކީ މިވަގުތު އެ ކުންފުންޏަށް ކުރެވުން އޮތް ކަމަކަށްނުވާތީ އެމުވައްޒަފުން ވަކިކުރި ނަމަވެސް މި މަޝްރޫއު ހުއްޓައިނުލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ނިންމުމާއި އެއްގޮތަށް މި މަޝްރޫއުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އަރުވަމުން އެކުންފުނީން ބުނީ ކުންފުނީގެ ޓެކްނިިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް މި މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު ޖުލައި މަހު މަޝްރޫއުގެ މަަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.
އަދި ބޮޓަލިން ޕްލާންޓުގައި ކުރަން ހުރި މަސައްކަތްތައް ނިމުނުހައި އަވަހަކަށް އެތަން ހިންގަން ބޭނުންވާ މުވައްޒަފުން ނެގުމަށް ކުންފުނީގައި އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން އިއުލާނުކުރެވިގެންދާނެކަން ވަނީ ހާމަކޮށްފައި އެވެ.
ގުޅުންހުރި

ފެނަކައާއި ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފި

ހޯރަފުށީ ބޮޓަލިން ފްލާންޓު މަޝްރޫއު ހުއްޓައެއް ނުލަން - ފެނަކަ

ދަރަވަންދޫގެ ކަރަންޓުގެ ކެޕޭސިޓީ 1350 ކިލޯވޮޓަށް!
