logoEN
Sto top
ދަރަވަންދޫގެ ކަރަންޓުގެ ކެޕޭސިޓީ 1350 ކިލޯވޮޓަށް!

ދަރަވަންދޫގެ ކަރަންޓުގެ ކެޕޭސިޓީ 1350 ކިލޯވޮޓަށް!

އަހުމަދު ޝުރާއު

logo

6/9/2025, 8:32:37 AM

# ފެނަކަ ކޯޕަރޭޝަން

--

ބ ދަރަވަންދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެރަށުގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Wamco

އެގޮތުން ފެނަކައިން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ދަރަވަންދޫގައިވާ 400 ކިލޯވޮޓުގެ ޖެންސެޓުގެ ރޭޑިއޭޓަރު އިންސްޓޯލުކޮށް، ޖެންސެޓު މަރާމާތުކުރުމަށްފަހު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މިއާއި އެކު ޖެނެރޭޓަރުތަކުގެ ޖުމުލަ ކެޕޭސިޓީ 1350 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށް އެކުންފުނީން ބުނެއެވެ.

ދަރަވަންދޫ 400 ކިލޯވޮޓުގެ ޖެންސެޓުގެ ރޭޑިއޭޓަރު އިންސްޓޯލުކޮށް، ޖެންސެޓު މަރާމާތުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ އެރަށުގެ ފެނަކަ ބްރާންޗުގެ ފަންނީ މުވައްޒަފުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުވަސްވީ ގެނެސެޓުތައް ބަދަލުކުރުމުގެ ބޮޑު މަސައްކަތެއްވެސް އެކުންފުނީން ދަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside