
ފެނަކައާއި ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފި
# ފެނަކަ ކޯޕަރޭޝަން-
ސަރުކާރުން ފެނަކައާއި ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަން އިއްޔެ ބުނީ ޕަބްލިކް ސެކްޓަރު އިންވެސްޓްމެންޓު ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން އެކުންފުނިން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ފެށުމަށްޓަކައި ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން އިއްޔެ ފަށާފައިވާ ކަމަށެވެ.
އެގޮތުން ށ ނޫމަރާ އަދި ށ ގޮއިދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕިލިސް ޕޯސްޓުތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ލޯޑުކޮށް މިހާރު އެރަށްތަކަށް ފޮނުވާފައިވާކަމަށް ފެނަކައިން ބުނެއެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކި އެކި މަޝްރޫއުތައް ހިންގުމަށް އެކުންުފުންޏާއި ހަވާލުކޮށްފައި ވެއެވެ. އެގޮތުން 50 އަށްވުރެ ގިނަ މަޝްރޫއު ސަރުކާރުން ވަނީ ފެނަކައާއި ހަވާލުކޮށްފައި އެވެ.
މި މަޝްރޫއުތައް ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތަކާއި މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާނެ ގޮތުގައި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

މިރޭގެ ވަގުތެއްގައި ގަމުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ - ފެނަކަ

ނިމުނު ނޮވެމްބަރު މަހަށް ފުވައްމުލައް ސިޓީގެ ފެނަށް ބިލްނުކުރަން ފެނަކައިން ނިންމައިފި

ފެނަކައިގެ ކުރީގެ ދެ ވެރިއަކަށް ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ!





