ރިސޯޓު ތަރައްޤީކުރަން ހުޅުވާލި ރަށްތަކުގެ ތެރެއިން 7 ރަށެއް ހަވާލުކޮށްފި
އަލްފާ އަލީ
4/21/2022, 2:50:10 PM
Screenshot-2021-06-29-at-13.38.56-1536x1014
ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލި 18 ރަށުގެ ތެރެއިން 7 ރަށެއް ހަވާލުކޮށްފި އެވެ.
18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައެވެ.
ބީލަމުގެ މުއްދަތު ހަމަވިއިރު ނުވަ ރަށަކަށް 18 ފަރާތަކުން ބިޑު ހުށަހަޅާފައިވާއިރު، އެ ބީލަންތައް އިވެލުއޭޓްކުރުމަށްފަހު އިއްޔެ ވަނީ އެ ތަންތަން ހަވާލުކޮށްފަ އެވެ.
ރިސޯޓު ތަރައްޤީކުރަން އެވޯޑްކުރި 7 ރަށް
ހއ. އަލިދުއްފަރުފިނޮޅަސް، ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 390،000.00 (ތިންލައްކަ ނުވަދިހަހާސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 7،000.00 (ހަތްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާއި އެކު) އަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 1,599,999.00 (އެއް މިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ނުވަ ސަތޭކަ ނުވަދިހަ ނުވައެއް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 120،000.00 (އެއްލައްކަ ވިހިހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
ފ. އެނބުލުފުށިއަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 3،601،155.00 (ތިން މިލިއަން ހަލައްކަ އެއްހާސް އެއްސަތޭކަ ފަންސާސް ފަހެއް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 150،000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
ފ. ޖިންނަތުގައުއަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2,021,121.00 (ދެ މިލިއަން އެކާވިސް ހާސް އެއްސަތޭކަ އެކާވިސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 200،121.00 (ދެލައްކަ އެއްސަތޭކަ އެކާވީސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
ގއ. ފުނަދޫވިލިގިއްލާއަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 702،000.00 (ހަތްލައްކަ ދެހާސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 5،000.00 (ފަސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
ގދ. ކަނޑަހަލަކަލައަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 (ދެ މިލިއަން އަށް ލައްކަ) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 150،000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ އަދި 0°22’12.86”N 73°1’28.98” E އާއިއެކު) އަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 702،000.00 (ހަތްލައްކަ ދެހާސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 5،000.00 (ފަސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ %50 ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަމެންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.