logoEN
cocacola
އެމްޓީޑީސީގެ ބޯޑު މެމްބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޓީޑީސީގެ ބޯޑު މެމްބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އަލްފާ އަލީ

logo

4/20/2022, 3:38:35 PM

# ޓޫރިޒަމް# އެމްޓީޑީސީ

big_LpBJdApYigMJ8qDKfXNJyOWd3-880x495

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ބޯޑުގެ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޮސިޔާ

އެމްޓީޑީސީގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 28 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އެމްޓީޑީސީން ބުނީ ކުރިމަތިލާ މީހުން ވާން ޖެހޭނީ 18 އަހަރުން މަތީގެ މީހަކަށް ކަަމަށާއި އޭނާ އަކީ ކުންފުނީގެ 50 ހިއްސާ ވެސް އޮތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ މީހުންނަކީ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެއް ވެސް އޮތް މީހުންނަށް ވާން ޖެހޭނެ ކަމަަށާއި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ބޯޑްތަކުގައި ނުހިމެނޭ މީހުންނަށް ވެސް ވާން ޖެހޭނެ އެވެ.

އަދި ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލު މީހުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ކަނޑައެޅުމަށް ފަހު މި އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އެ ނަންތައް ހުށަހަޅައި ވޯޓަށް އަހާނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އެމްޓީޑީސީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން ފަތުރުވެރިކަމުގެ ވިޔަފާރީގައި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފެއްދި ކުންފުންޏެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ