.webp&w=3840&q=75)
ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގެ 9 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ
# ވޯލްޑް ޓްރެވެލް އެވޯޑްސް# ޓޫރިޒަމް# ޓޫރިޒަމް މިނިސްޓްރީ-
ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން އެވޯޑުގެ ނުވަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެއްޖެ އެވެ.

މި އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގައި ރާއްޖެ ނޮމިނޭޓުވެފައިވާ ދާއިރާތަކަކީ:
* ލީޑިން ޑެސްޓިނޭޝަން
* ލީޑިން ބީޗު ޑެސްޓިނޭޝަން
* ލީޑިން ޑައިވް ޑެސްޓިނޭޝަން
* ލީޑިން ގްރީން ޑެސްޓިނޭޝަން
* ލީޑިން ހަނީމޫން ޑެސްޓިނޭޝަން
* ލީޑިން ޓޫރިސްޓް ބޯޑު
* ލީޑިން އެޑްވަންޗާ ޓޫރިޒަމް
* ލީޑިން ކްރޫޒް ޑެެސްޓިނޭޝަން
* ލީޑިން ވެޑިން ޑެސްޓިނޭޝަން
މި ކެޓަގަރީތަކުން ރާއްޖެ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާއިރު، މިމަހުގެ 31 އާ ހަމައަށް ވޯޓުލުވޭނެ އެވެ.
މިކަމާގުޅިގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދަތުރުފަތުރުގެ ސިނާޢަތުން ލިބޭ މިފަދަ އެވޯޑްތައް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް މުހިއްމު ކަމަށާއި، އަދި އެއީ އެހެން މަންޒިލްތަކާއި ތަފާތު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޤާއިމުވެފައި އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.
ގުޅުންހުރި

ޓޫރިޒަމް ވިޔަފާރިތަކުން ބޭންކަށް ޑޮލަރު މާރުކުރުން ލާޒިމްކޮށްފި

ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާއި އިޤްތިޞާދީ ތަރައްޤީއާ ދެމެދު ބެލެންސެއް ޤާއިމުކުރަން ޖެހޭ

ރަޝިއާގެ ޓޫރިސްޓުންގެ އަދަދު އެއްލައްކަ އަށް!
.webp&w=3840&q=75)