
އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނިޔާޒު
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުން އަހްމަދު ނިޔާޒު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ބުނީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުން މެންބަރުކަމުގެ މަގާމުން އޭނާ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏާ ގުޅިވަޑައިގަތް ނިޔާޒު ކުރިން ހުންނެވީ އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުގަ އެވެ.
މީގެއިތުރުންވެސް ނިޔާޒުވަނީ އެ ކުންފުނީގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.





