logoEN
cocacola
ހޯނޑެއްދޫގެ އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވާލަނީ

ހޯނޑެއްދޫގެ އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވާލަނީ

އަހުމަދު ޝުރާއު

logo

4/19/2022, 10:41:27 PM

# ހޯނޑެއްދޫ

Hoadedhoo-e1601792151259

ގދ ހޯނޑެެއްދޫގެ އެއްޤަމާއި ކަނޑުގައި ދުއްވާ އުޅަނޑު ފަހަރުގެ ތަފްތަރެއް އެކުލަވާލަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ގޮސިޔާ

ހޯނޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 08 ވަނަ އިސްލާހާއި ގުޅިގެން އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދާތީ އެރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

މިއާއި އެކު އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން އުޅަނދު ތަކުގެ ރަޖިސްޓްރީގެ ކޮޕީ، 2022 އޭޕްރިލް 27 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން އެކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ